ސާދަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި މާލެއިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، 14 އަހަރުގެ އަންހެން ކުއްޖަކާއި މެދު ޖިންސީ ގޯނާ ކުރުމާއި، ބްލެއިކްމެއިން ކުރުމާއި، ރޭޕްކުރުމުގެ ތުހުމަތުގައި މިރޭ 18:30 ގައި 36 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި އެމީހާ ހައްޔަރުކޮށްފައިވަނީ މާލެއިންނެެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.