ޖިންސީ ގޯނާގެ ތުހުމަތަށް ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެފަދަ މައްސަލަތަކާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ގެންގުޅޭ ޕޮލިސީ ދާދިފަހުން ނެރުން ނޫސްބަޔާނުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.

އަދި ޖިނާއި މައްސަލަ ބަލަނީ ޕޮލިސް ކަމަށްވާތީ އެފަދަ ޖިނާއި ކުށެއް ސާބިތުވި ކަމުގެ މައުލޫމާތު ކަމަބޭހޭ އިދާރާއަކުން ގައުމީ ދިފާއީ ބާރަށް ލިބިއްޖެނަމަ، ޖިނާއި ކުށްކުރި މުވައްޒަފަކާ ދެތެރޭގައި ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *