ދޯންޏެއް އަޑިއަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހަކު ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ހަތަރު މީހުންނާއި އެކު ދަތުރުކުރި ދޯންޏެއް ކ. އިތާފުށި ކައިރިޔަށް އަޑިޔަށް ދިޔަ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 10:25 ހާއިރު ލިބިފައިވާ ކަމަށެވެ.
އަދި އެ އުޅަނދަކީ 40 ފޫޓުގެ ކުޑަ ދޯންޏެއް ކަމަށާއި އެ މީހުން ކަނޑުވެފައި ތިއްބާ އެ ސަރަހައްދުން ދަތުރުކުރި ޑައިވިން ދޯންޏަކަށް ފެނިގެން އެމީހުން ނަގާފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
ކަނޑުވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެެފުން ބުނެއެވެ.