އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށާއި މައްސަލަ ހުށަހެޅި އިރު އަންހެން ކުއްޖާގެ އުމުރުން 19 އަހަރު ވެފައިވާ ކަމަށެވެ.
މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތު ކުރާ ގޮތުގައި އޭނާއަށް ޖިންސީ ގޯނާ ކުރަން ފެށީ 2011 ވަނަ އަހަރުން ފެށިގެނެވެ. އަދި އެކަން ކުރަމުން އައީ އޭނާގެ ޅިޔަނެކެވެ. އެނާއަށް ޖިންސީ ގޯނާ ކުރަން ފެށި އިރު އުމުރުން 11 އަހަރެވެ.
ލުހުން ބުނީ މި މައްސަލައާއި ގުޅިގެން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު މިމަހުގެ 17 ވަނަ ދުވަހު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހާޒިރުކޮށް ސުވާލު ކޮށް ތަހުގީގުއ ފަށާފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކީ މީޑިޔާ ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ.