ގާނޫނާ ހިލާފަށް ކޯޓުގެ ބޭރުން 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނި ކޮށްގެން، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ސިޓީން ކަމަށެވެ.
އަދި އެ މީހާއަކީ މީގެ ކުރިންވެސް 18 އަހަރުން ދަށުގެ ކުދިންނާ މެދު ގަދަކަމުން ބަދުއަހްލާގީ އަމަލަ ހިންގި ކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި 15 އަހަރުގެ އަންހެން ކުއްޖާގެ މަންމަވެސް ވަނީ އިހްމާލުވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.