އަތޮޅު ތެރޭ ރަށްރަށުގައި ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއް ހިންގައި ހިލޭ 5000 މީހުން ތަމްރީން ކުރުމުގެ މޯލްޑިވްސް ޕޮލިޓެކްނިކް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ ނީޒާ އިމާދެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ނާސިރެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ޒުވާނުންގެ ސްޓެޓެޖީތައް ތައްޔާރު ކުރުމަށް މިނިސްޓްރީ އާއި ޕޮލިޓެކްނިކް ގުޅިގެން ހާއްސަ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން މިހިނގާ އަހަރު ނިމުމާއި ހަމަޔަށް ހިލޭ 5000 މީހުން ތަމްރީން ކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ..

މީގެ ކުރިންވެސް ޕޮލިޓެކްނިކުން ވަނީ ރާއްޖޭގެ އެހެން ސަރުކާރުގެ އިދާރާ ތަކާއި އެކުގައިވެސް މިފަދަ އެއްބަސްވުން ތަކުގައި ސޮއިކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *