ރާއްޖޭގައި ހިމަބިހި ކޮންޓްރޯލް ކުރުމަށް ހިންގާ ހަރަކާތުގެ ދަށުން ތުއްތު ކުދިންނަށް ހިމަބިހި ވެކްސިންގެ އިތުުރު ޑޯޒް ދޭނެ ތަންތަނާއި ގަޑިތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ހަ ސަރަހައްދަކުން ހިމަބިހި ކޮންޓްރޯލް ކުރުމަށް ޖަހާ އެމްއާރު ވެކްސިންގެ އިތުރު ޑޯޒް ދޭނެ ކަމަށެވެ. 

ވެކްސިން ޖަހައިދޭ ތަންތަން:

  • ސޯޝަލް ސެންޓަރ
  • ދަމަނަވެށި
  • އޭޑީކޭ ހޮސްޕިޓަލް
  • ހުޅުމާލޭ ހޮސްޕިޓަލް
  • ޓްރީޓޮޕް ހޮސްޕިޓަލް
  • ވިލިމާލޭ ހޮސްޕިޓަލް

ވެކްސިން ޖަހައިދޭނެ ގަޑިތައް 

  • ސޯޝަލް ސެންޓަރު : 09:00 އިން 17:00 އަށް (ހުކުރު ދުވަސް ފިޔަވާ)
  • ދަމަނަވެށި : 09:00 އިން 17:00 އަށް (ހުކުރު ދުވަސް ފިޔަވާ)
  • އޭޑީކޭ ހޮސްޕިޓަލް : 10:00 އިން 16:00 އަށް (ހުކުރު ދުވަސް ފިޔަވާ)
  • ހުޅުމާލޭ ހޮސްޕިޓަލް : 08:30 އިން 17:00 އަށް (ހުކުރު ދުވަސް ފިޔަވާ)
  • ޓްރީޓޮޕް ހޮސްޕިޓަލް : 09:00 އިން 17:00 އަށް (ހުކުރު ދުވަސް ފިޔަވާ)
  • ވިލިމާލޭ ހޮސްޕިޓަލް : (އާދިއްތަ އިން ބުރާސްފަތި) 09:00 އިން 13:00 އަށް / (ހޮނިހިރު ދުވަހު) 10:00 އިން 16:00 އަށް

ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިތުރު ޑޯޒެއް ތުއްތު ކުދިންނަށް ދޭން ނިންމީ އެ ކުދިންނަށް ބަލީގެ ނުރައްކާތެރިކަން ބޮޑުވާތީ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *