އުމުރުން ދުވަސްވީ މީހެއް ނިޔާވެފައި އޮތްވާ ފެނިއްޖެ އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ނިޔާވެފައިވާ މީހާ ފެނިފައިވަނީ މާލޭގެ ގަލޮޅުގެ ގެއެއްގެ ތެރެއިންނެވެ. އުމުރުން 61 އަހަރުގެ އެ މީހާ ނިޔާވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:43 ހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާކަމަށްވެސް އެ ފަރާތުންވަނީ މައުލޫމާތު ދީފައެވެ.