އާ ކޮމިޝަނަރ އޮފް ޕްރިޒަން އަކަށް މީގެ ކުރިން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސެސްގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދުފުޅު އައްޔަން ކުރައްވައިފިއެވެ.
އަހުމަދު މުހައްމަދުފުޅު މި މަގާމަށް އައްޔަންކޮށްފައި ވަނީ މީގެ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު މުނާޒް މަގާމުން ވަކިކުރުމަށް ފަހުއެވެ.
މުނާޒް އެމަޤާމުން ވަކިކޮށްފައިވަނީ މިއަދުއެވެ. މުނާޒް މަޤާމުން ވަކިކޮށްފައިވަނީ ޖަލުގައި ހަމަނުޖެހުންތައް އިތުރުވުމާއި ގުޅިގެން އޭނާ ދެއްކެވި ބައެއް ވާހަކަތަކަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މުނާޒް އެމަގާމަށް އައްޔަން ކޮށްފައި ވަނީ މިސަރުކާރު ވެރިކަމަށް އައުމަށް ފަހުއެވެ.
ރައީސް އޮފީހުން ކުރީގެ ސީޕީ މުނާޒަށް ފޮނުވި ސިޓީގައި ވަނީ، އެ މަގާމުން އެނާ ވަކިކުރެއްވި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެދިވަޑައިގެންނެވި ކަމަށެވެ.