މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބަދަލުކޮށް، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ބަދަލު ގެނެސްފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެންގެވުމަށް ކަމަށެވެ.

އެމްބަޑްލިވްއެސްސީގެ އެމްޑީއަކަށް އާޒިމް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ. އަދި އެމްޓީސީސީގެ އެމްޑީއަކަށް ޝާހު އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ.

އާޒިމް ވަނީ މީގެ ކުރިން ސްޓޭޑް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މެނޭޖިން ޑިރެކްޓަރަކު ހަމަޖައްސާފައި ނުވަނީ ހަމައެކަނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *