ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 120 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 17,507 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 99 މީހަކާއި، ރަށްރަށުން 8 މީހަކާއި އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހެކެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 2751 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ. މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދަނީ 206 މީހަކަށެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 2302 އެވެ. މި ބަލިން މިހާތަނަށް ރާއްޖެއިން ވަނީ 15,142 މީހަކު ރަނގަޅުވެފައެވެ.

ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން ކޮވިޑްގެ ކޭސްތަކުގެ އަދަދު މަތިވަމުން އައިސް ފާއިތުވި ހަފްތާތަކުގައި އައު ކޭސްތަކުގެ އަދަދު 100 ދަށް ނުވެއެވެ.

ކޮވިޑްގެ އަދަދުތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ. އެގޮތުން ގްރޭޓާ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގައި، ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން ވަނީ މަނާކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.