ޕީޕީއެމް / ޕީއެންސީ އިން ހުކުރު ދުވަހު (12/2/2021) ގައި ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ ހަތާވީސް އޮންލައިން

މިއަދުގެ މުޒާހަރާ އިންތިޒާމްކުރި ޕާޓީއަކުން ޖަވާބުދާރީވާންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ "މަގޭ ފްލެޓް ކޮބާ" ނަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ކުރި މުޒާހަރާގައި ފުލުހުންނާއި، ކުރިމަތިލާ، ބަންދުކޮށްފައިވާ ސަރަހައްދުތަކެއްވަދެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލަށް ވައްޓާލާ، ކޮވިޑުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް މުޒާހަރާކުރުމުންނެވެ.

އެ މުޒާހަރާގެ ވިޑިއޯއަކާއިއެކު ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުންވެސް އެޗްޕީއޭއިން އިއުލާންކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރަންޖެހޭނެކަމަށެވެ. އަދި ވިޑިއޯ ކްލިޕުން ފެންނަ މަންޒަރުތަކަށް، މުޒާހަރާ އިންތިޒާމް ކުރި (ޕީޕީއެމް/ޕީއެންސީ) ޖަވާބުދާރީވާންޖެހޭނެކަމަށް ވިދާޅުވި އެވެ.

"މަގޭ ފްލެޓް ކޮބާ" ނަމުގައި، ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލި އެއްވުމުގެ ބައިވެރިންގެ ތެރެއިން ކޮވިޑުން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެ އަސާސީ އެއްކަން ކަމުގައިވާ މާސްކާއި، އިޖުތިމާއީ ގައިދުރުކަންވެސް ބަހައްޓާފައެއް ނުވެ އެވެ. އޭގެއިތުރުންވެސް ކޮވިޑުން މުޅި މުޖުތަމައުު ރައްކާތެރިކުރުމަށް އަޅާފައިވާ އެހެން ފިޔަވަޅުތަކަށް އަމަލުކޮށްފައެއް ނުވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.