ރ.ރަސްމާދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އެޅުމަށް ބަޔަކާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައި ވަނީ، ޓައިނީ ނީމޯ އާއެވެ.
އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދެވެ. ޓައިނީ ނީމޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ވަހީދުއެވެ.
އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގައެވެ.
ނީމޯ އެކުންފުންޏާއި ރަސްމާދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައި ވަނީ 5.5 މިލިއަން ރުފިޔާއަށް ނުވަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ފެނަކައާއި ހަވާލު ކުރާ ގޮތަށެވެ.
މި ސަރުކާރު ވެރިކަމަށް އައުފަހުން ފެނަކަ ކުންފުނީގެ ހިންގުން ވަނީ އިތުރަށް ހަރުދަނާވެފައެވެ.