އާއިލީ ވާރުތަ މުދަލުން އަދި ދުނިޔެއަށް އަލަށް ތަޢާރަފްވާ ޓެކްނޮލޮޖީގެ ސަބަބުން ވަރަށް ހަގު އުމުރުގައި މިލިއަނަރުން އަދި ބިލިއަނަރުންނަށްވާ މީހުން މިހާރު، ކުރިއަށް ވުރެ ގިނަ އެވެ. މި ވަގުތު ދުނިޔޭގައި ތިބި އުމުރުން އެންމެ ހަގު 10 ބިލިއަނަރުންގެ ތެރޭގައި ހިމެނެނީ 22 އަހަރާއި 31 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. މީގެ ތެރޭގައި 4 އަންހެނަކާއި 6 ފިރިހެނުން ހިމެނުން އިރު މި މީހުން މުއްސަނދިކަން ހޯދީ ވާރުތަ މުދަލުގެ އިތުރުން ޓެކްނޮލޮޖީ، ކާނާ އުފެއްދުން، ބޭސްވެރިކަމަށް ބޭނުންވާ އާލާތް އަދި މާލީ އެކިއެކި އާ އީޖާދު ތަކުންނެވެ. ދެން މި ލިސްޓުން ޖާގަ ހޯދި މީހުންނަށް ބަލާލަމާ ހިނގާށެވެ.

1. ކައިލި ޖެނަރ

އުމުރު: 22 އަހަރު

މިއްލިއްޔާތު: 1 ބިލިއަން ޑޮލަރ

ކައިލީގެ މުއްސަނދި ކަމުގެ ސިއްރަކީ އޭނާގެ ޒީނަތްވެރިވުމަށް ބޭނުންކުރާ ތަކެތީގެ ވިޔަފާރި އެވެ. ފޯރބްސް އިން ބަލާގޮތުން މި ވިޔަފާރީގެ އަގު 900 މިލިއަން ޑޮލަރަށް އަރައެވެ. ނަމަވެސް ކައިލީ އަށް އެންމެ ހަގު ބިލިއަނަރުގެ ލަގަބު ހޯދާދިނުމަށް އޭނާއަށް ހެޔޮ އެދޭ އެތައް ބަޔަކަ ފައިސާ ހަދިޔާކުރިކަމަށް އަޑު ފެތުރުނެވެ. އަމިއްލަ މަސައްކަތުން އެންމެ ހަގު ބިލިއަނަރަކަށް ވީ ކަމުގެ ލަގަބު ކުރިން ދެވިފައި އޮތީ ފޭސްބުކްގެ ބާނީ މާރކް ޒަކަރބާގްއަށެވެ.

2. އެލެގްޒެންޑްރާ އެންޑްރެސަން

އުމުރު: 22 އަހަރު

މިއްކިއްޔާތު: 1.4 ބިލިއަން ޑޮލަރ

އެލެގްޒެންޑްރާ ބިލިއަނަރަކަށް ވީ އޭނާގެ ބައްޕަ ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްގެން ހޯދާފައިވާ ބޮޑު ފައިދާގެ 42.2 އިންސައްތަ ވާރުތައިން ލިބުމާއި ގުޅިގެންނެވެ.

3. ކެތަރީނާ އެންޑްރަސަން

އުމުރު: 23 އަހަރު

މިއްކިއްޔާތު: 1.4 ބިލިއަން ޑޮލަރ

ކެތަރީނާ އަކީ ނަންބަރު 2 ގައި ހިމެނުނު އެލެގްޒެންޑްރާގެ ދައްތަ އެވެ. ބައްޕަގެ ވިޔަފާރީގެ 42.2 އިންސައްތަ ހިއްސާ ކެތަރީނާއަށް ވެސް ލިބުނެވެ. އާއިލީ ކުންފުނި "ފޯރޑް" އަކީ ފުޅާ ދާއިރާއެއްގައި އިންވެސްޓްކުރަމުންދާ ނޯވޭގެ ކުންފުންޏެކެވެ. އާއިލީ ވިޔަފާރިއެއް ނަމަވެސް 2004 އަކުން ފެށިގެން ކުންފުނީގެ މައިގަނޑު 5 ދާއިރާއަށް ބޯޑު އޮފް ޑިރެކްޓަރުން ހޮވާފައި ވަނީ އާއިލާއިން ބޭރުންނެވެ.

4. ގުސްތަވް މެގްނަރ ވިޓްޒޯ

އުމުރު: 26 އަހަރު

މިއްކިއްޔާތު: 3 ބިލިއަން ޑޮލަރ

ނޯވޭގެ އެންމެ ބޮޑު ސާމަން (މަހުގެ ބާވަތެއް) އުފައްދާ ކުންފުނީގެ ދެބައިކުޅަ އެއްބައި ހިއްސާ 2013 ގައި ލިބުމުން ގުސްތަވް އަށް މި މަގާމް ލިބުމުން ކަމުގައި ވިޔަސް، މި ކުންފުނި ހިންގުން އަދި ވެސް ބައްޕަގެ އަތުގައި އޮތުމުން ގުސްތަވް އަމިއްލައަށް ރިއަލް އެސްޓޭޓް އަދި ޓެކްނޮލޮޖީގެ އެކި ވިޔަފާރިތަކުގައި އިންވެސްޓްކޮށްފައި ވެއެވެ.

5. އިވާން ސްޕީގުލް

އުމުރު: 28 އަހަރު

މިއްލިއްޔާތު: 2.1 ބިލިއަން ޑޮލަރ

ސްނެޕްޗެޓްގެ އެއް ބާނީ އިވާން އަކީ ސްޓެންފޯޑް ޔުނިވަރސިޓީ އިން ތަކެތި ފަރުމާކުރުމުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކޮށްފައިވާ މީހެކެވެ. އަދި ސްނެޕްޗެޓްގެ އަނެއް ބާނީ ބޮބީ މަރފީ އާއި ބައްދަލުވި އެކުގައި ކިޔަވަން އުޅުން އިރުއެވެ. ދެމީހުންވެގެން އުފެއްދި ސްނެޕްޗެޓް އިން ދެމީހުންގެ ދިރިއުޅުންވެސް ބަދަލުކޮށްލައިފިއެވެ.

6. ޖޯން ކޮލިސަން

އުމުރު: 29 އަހަރު

މިލްކިއްޔާތު 2.1 ބިލިއަން ޑޮލަރ

ޖޯން ކޮލިސަން އަކީ، ވެބްސައިޓްތައް މެދުވެރިކޮށް ފައިސާގެ މުޢާމަލާތް ހިންގުމަށް ކްރެޑިޓް ކާޑު އަދި ބޭންކިންގ ނިޒާމް ގުޅުވާލަދޭ ކުންފުންޏެއް ކަމަށްވާ ސްޓްރައިޕްގެ ބާނީ އަދި ވެރިޔާއެވެ. އައިރިޝް ވިޔަފާރިވެރިޔާ މި ވިޔަފާރި ފެށީ އޭނާގެ ކޮއްކޮ ޕެޓްރިކް އާއި އެކުގައި، އެ ދެމީހުން ބޮސްޓަންގައި ކިޔަވަން އުޅުން އިރުއެވެ.

7. އަނާ ކަސްޕްރަޒަކް

އުމުރު: 29 އަހަރު

މިއްކިއްޔާތު: 1 ބިލިއަން ޑޮލަރ

އަނާގެ މަންމަ އަދި ބޭބެއާއި އެކުގައި އުފައްދާފައިވާ ފައިވާނުގެ ވިޔަފާރިން 1.46 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެއެވެ. 1963 ގައި އަނާގެ މުނި ކާފަ އުފެއްދި މި ކުންފުނީގެ އުފެއްދުންތައް 90 ގައުމެއްގައި ވިއްކާއިރު ޚުދު އަނާ އަކީ އަސްދުއްވުމުގެ ތަމްރީން ލިބި އޮލިމްޕިކް ގައި ވަނަ ހޯދާފައިވާ ފަރާތެކެވެ.

8. ލުޑްވިގް ތެޔޮޑޮރ ބްރައުން

އުމުރު: 28 އަހަރު

މިލްކިއްޔާތު: 1 ބިލިއަން ޑޮލަރ

1839 ގައި ފަތްފިލާވޭލީގެ ބޭސް ވިއްކުމަށް ހެދި ކުންފުނި ފުޅާވެގެން ބޭސްވެރިކަމުގެ އެކި އާލާތްތައް ވިއްކުމަށް ޚާއްސަ ވެގެން ގޮސް 1977 ގައި ލުޑްވިގް ގެ ބައްޕަވަނީ ކުންފުނީގެ ހިންގުމާއި ހަވާލުވެފައެވެ. އަދި މި ކުންފުނީގެ 10 އިންސައްތަ ލުޑްވިގްއަށް ލިބުމުން އޭނާ ވަނީ މި ލިސްޓުން ޖާގަ ހޯދާފައެވެ.

9. ޖޮނަތަން ވޮކް

އުމުރު: 28 އަހަރު

މިލްކިއްޔާތު: 2.5 ބިލިއަން ޑޮލަރ

ޖޮނަތަން އަކީ ހޮންގކޮންގ ގެ އެންމެ ބޮޑު ޕްރޮޕަރޓީ ޑިވެލޮޕަރ ވޯލްޓާރ ވޮކްގެ އެންމެ ހަގު ދަރިއެވެ. 2018 ގައި ވޯލްޓާރ މަރުވި އިރު، ވޯލްޓަރގެ ދެ ބޭބެ އާއި ޖެހުނު މައްސަލައެއްގައި ކުންފުނިން ބޭރުކޮށްފައި ހުރި ނަމަވެސް ވޯލްޓަރ މަރުވުމުގެ ކުރިން އޭނާ ފެށި އެހެން ކުންފުންޏަކާއި، ބައްޕަގެ އާއިލީ ވިޔަފާރިން މާމަ ދިން ބަޔާއެކު ޖޮނަތަންގެ މިލްކިޔާތު 2.5 ބިލިއަން ޑޮލަރަށް އެރީއެވެ.

10. ޕެޓްރިކް ކޮލިސަން

އުމުރު: 31 އަހަރު

މިލްކިއްޔާތު: 2.1 ބިލިއަން ޑޮލަރ

މި ލިސްޓްގެ 6 ވަނަ ގައި ހިމެނުން ޖޯން ކޮލިސަންގެ ބޭބެ ޕެޓްރިކް އަކީ ވެބްސައިޓްތައް މެދުވެރިކޮށް ފައިސާގެ މުޢާމަލާތް ހިންގުމަށް އުފެއްދި ސްޓްރައިޕްގެ އެއް ހިއްސާދާރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *