ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުން -- ފޮޓޯ: ސަން

މިއަދަކީ މި ހިނގާ 2021 ވަނަ އަހަރު އެންމެ ގިނަ ފަތުރުވެރިން އެއް ދުވަހެއްގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ދުވަސް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ވިދާޅުވީ، މިއަދު 4،700 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ރިކަވަރީއަށް ހުރިހާ ފަރާތްތަކުންވެސް ދެއްވާ އެއްބާރުލުން ފާހަގަކޮށް މިނިސްޓަރ ވަނީ ޝުކުރުވެސް އަދާކޮށްފައެވެ. އަދި، ވެކްސިނޭޝަން ފެށިގެން ކުރިއަށް ދާން ފަށާފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގެ މުސްތަގްބަލް އުޖާލާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް 121،694 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މި ފެބްރުއަރީ މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކުވެސް 2،959 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީ އިން އަންދާޒާކުރާ ގޮތުގައި، މި އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.