ރެއާލް މެޑްރިޑްގެ ޑިފެންޑަރ މާސެލޯ

ރެއާލް މެޑްރިޑްގެ ޑިފެންޑަރު މާސެލޯއަށް އަނިޔާ ވެއްޖެއެވެ.
ރެއާލުން ބުނީ މާސެލޯގެ ފައިގެ މަސް ގަނޑަށް ތަދުވާތީ ހެދި މެޑިކަލް ރިޕޯޓުން އޭނާގެ މަސްގަނޑަށް އަނިޔާވެފައިވާ ކަމަށް ދައްކާ ކަމަށާއި، އެހެން ކަމުން ސްޕެނިޝް ލީގުގައި ރެއާލަށް ކުރިޔަށް އޮތް ދެ މެޗު މާސެލޯއަށް ގެއްލޭނެ ކަމަށެވެ. އަދި މާސެލޯ އަނިޔާއިން ސަލާމަތް ވުމަށް ރިކަވަރީ ފަށާފައިވާ ކަމަށް ވެސް ރެއާލުން ބުނެއެވެ.
ރެއާލްގެ ވައިސް ކެޕްޓަންކަން ވެސް ކުރަމުން އަންނަ މާސެލޯއަށް އަނިޔާގެ ގިނަ މައްސަލަތަކަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ރެއާލްގެ ކޯޗު ޒިނެދިން ޒިދާން މިސީޒަނަށް އެކުލަވާލައިފައިވާ ޕްލޭންގައި މާސެލޯ ނުހިމެނޭއިރު، މާސެލޯއަށް ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ޖާގަ އެއްވެސް ނުލިބެއެވެ. އަދި ބެލެވޭ ގޮތުގައި މި ސީޒަނަށްފަހު މާސެލޯ ރެއާލް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާނެއެވެ.
މާސެލޯ ރެއާލް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާނަމަ ބަދަލުވުން އެންމެ ގާތީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށެވެ. މީގެ ކުރިން ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނިމުނު ފިނި މޫސުމުގެ ޓްރާންސްފަރގައި ޔުވެންޓަސްއިން ވަނީ މާސެލޯ ހޯދަން މަސައްކަތް ކޮށްފައެވެ. އެކަމަކު ޔުވެންޓަސްއިން ހުށަހެޅި ބިޑް ކުޑަ ކަމަށް ބުނެ ރެއާލުން ވަނީ މާސެލޯ ޔުވެންޓަސްއަށް ނުވިއްކުމަށް ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.