މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ނ. މާޅެންދޫ ސްކޫލު ޕްރިންސިޕަލް ޔޫސުފް އާދަމް ސަސްޕެންޑުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވީ މާޅެންދޫ ސްކޫލުގެ ޕްރިންސިޕަލް މިއަދުން ފެށިގެން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ކިހައި މުއްދަތަކަށް ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ޔޫސުފް އާދަމް ހައްޔަރުކޮށްފައި ވަނީ، ޖެނުއަރީ 14 ވަނަ ދުވަހުގެ މެންދުރެއް ހާއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ފަސް ގްރާމާއި އެކުގައެވެ.
ނަމަވެސް އިއްޔެ އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.