ދިވެހިން އުރީދޫ ނުވަތަ ދިރާގު މެދުވެރިކޮށް ބަރަހަނާ ވެބްސައިޓުތަކަށް ވަންނަ ނިސްބަތް ހާމަކޮށް، އެކަންކަން އަންނަ ހުކުރު ދުވަހުގެ ހުތުބާގައި ހިމެނުމަށް މަޝްޙޫރު ޓީވީ ޕްރެޒެންޓަރ އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ)، އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީގެ އަރިހުން އެދެފިއެވެ.

މަހުރަބު އިއްބެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި އެދިފައިވަނީ 10 ކަމެއްގެ މައްޗަށް އަންނަ ހުކުރު ދުވަހުގެ ހުތުބާ އެކުލަވާލުމަށެވެ.

އެގޮތުން އެ ނުކުތާތަކަކީ:

1. ދިރާގު ވަތަނިޔާ ގެ ތަފާސް ހިސާބުތަކުން ދިވެހިން ބަރަހަނާ ސައިޓް ތަކަށް ވަންނަ ނިސްބަތް

2. އެއް ކޮޓަރީގަ މައިންބަފައިންނާއި ދަރިން ނިދާ މިންވަރުގެ ތަފާސް ހިސާބު

3. ބެލެނިވެރިޔަކު ނެތި އެހެން މީހުން ގާތުގައި ދަރިން ބަލަދުވެރި ކުރުވާފައި ތިބި މިންވަރުގެ ތަފާސް ހިސާބު

4. ބަދުއަޚްލާޤީ މައްސަލަތަކުގެ ތަފާސް ހިސާބު

5. އެބޯޝަން ހެދުމަކީ ކިހާވަރެއްގެ ކަމެއްތޯ އާއި، އެބޯޝަން ހެދުމަށް ބައިވެރިވާ މީހުންނަށް އޮތް ހުކުމަކީ ކޮބައިތޯ؟

6. މައިންބަފައިންގެ ރުހުމުގައި ރައްޓެހިވެގެން ގެއަށް އައިސް އުޅޭ ބޯއީފުރެންޑުގެ ފަރާތުން ފާހިޝް އަމަލު ހިންގުމަށް ފުރުސަޠު ދޭ މައިން ބަފައިންނަށް ނަސޭހަތް ދިނުން

7. ކުޑަ ކުދިންނާ ބެހުމަކީ އެކުދިން މަރާލަން އުޅުން ކަން

8. ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާސް ހިސާބު

9. ހަށި ވިއްކުމުގެ ވިޔަފާރީގައި ދިވެހިންގެ ބައިވެރިވުން ހުރި މިންވަރުގެ ތަފާސް ހިސާބު

10. މިހުރިހާ ކަމަކަށް މަގު ފަހިވާ ސަބަބު ތަކާއި، އަދަބު ތަކާއި، ތަންފީޒް ނުކުރީމަ ވާ ގޮތާއި، ދީނުގައި ކަނޑަ އަޅާފައިވާ ހުކުމް ތަކާއި، މުޖުތަމައުތަކަށް ތާރީޚުގައި ވެފަ ހުރި ގޮތް ގޮތާ ކޯފާ ގެ ވާހަކައިގެ މައްޗަށް ހުކުރު ޚުތުބާ ތައްޔާރުކޮށް ދެއްވުން

އިސްވެ ދެންނެވުނު ބައެއް ކަންކަމަކީ ރާއްޖޭގައި ހިނގަމުން އަންނަ އިޖުތިމާއީ  ބޮޑެތި މައްސަލަތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *