ކޮވިޑް-19 ސިޔާސީ ޕާޓީތަކާއި ސިޔާސީ ފިކުރު ތަފާތު ނުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު (އަލިޕީ) ވިދާޅުވެއްޖެއެވެ.
އަލިޕީ މިގޮތަށް ވިދާޅުވެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް އެޗް.ޕީ.އޭ އިން ނިންމާފައިވާ ދަނޑިވަޅެއްގައި، އިދިކޮޅުން އެކަމަށް ސަމާލުކަމެއް ދިނުމެއްނެތި މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
Virus fethurey minvaru ithuruve medical facility thakah baaru boduvamun dhaairu thimaaya aailaage membarunge rakkatherikama medhu visnaa nula jazbaathu kuriah nere, virus ithurah fethurumah magufahiva gothah baeh faraaithakuge amaluthah fennamun dhaakami hithaama huri kameh. 🦠
— Ali Zahir (alipi) (@alixahir) February 12, 2021
މިއަދު ޓްވީޓް ކުރައްވަމުން އަލިޕީ ވިދާޅުވީ، ވައިރަސް ފެތުރޭ މިންވަރު އިތުރުވެ މެޑިކަލް ފެސިލިޓީ ތަކަށް ބާރު ބޮޑުވަމުން ދާކަމަށާއި އެހެންނަމަވެސް ބައެއް ފަރާތްތަކުން ޖަޒުބާތު ކުރިއަށް ނެރެގެން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން، އާއިލާ މެންބަރުންގެ ރައްކާތެރިކަމަށް ސަމާލުކަމެއް ދިނުމެއްނެތި، ވައިރަސް އިތުރަށް ފެތުރޭ ގޮތަށް ބައެއް ފަރާތްތަކުގެ އަމަލުތައް ފެންނަމުން ދިޔުމަކީ ހިތާމަހުރި ކަމެއް ކަމަށް އަލިޕީ ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ކޮވިޑް ސިޔާސީ ޕާޓީތަކާއި ސިޔާސީ ފިކުރުތައް ތަފާތު ނުކުރާނެކަން ފާހަގަކުރައްވަމުން އަލިޕީ ވިދާޅުވީ، ކޮވިޑް އެންމެނަށްވެސް ހަމަހަމަކަމަށެވެ.
Covid siyaasi party thaka siyaasi fikuruthah thafaatheh nukurey. Covid ah enmen hamahama.
— Ali Zahir (alipi) (@alixahir) February 12, 2021
ރާއްޖޭގައި މިވަގުތު ފެތުރެމުންދަނީ ކޮވިޑްގެ މިހާތަނަށް އައި އެންމެ ނުރައްކާތެރި ރާޅު ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގްވެސް ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، އިދިކޮޅު ކޯލިޝަނުން އަންނަނީ "މަގޭ ފްލެޓް ކޮބާ" ނަމުގައި އެއްވެސް ގައިދުރުކަމެއް ނެތި މުޒާހަރާ ކުރަމުންނެވެ.
ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގައި، ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ކަމަށެވެ. އަދި ރޭގަނޑު 11 އިން ފެށިގެން ކާފިއު ވެސް އަންނަނީ ހިންގަމުންނެވެ.
ކޮވިޑް ތަފާތު ކުރަނީ ޚާއްސަ ހުއްދަ ދޯ!