ނ. ވެލިދޫ ކުނިކޮށީގައި އަލިފާން ރޯވެ ވަރަށް ބޮޑަށް ކުނިގޮނޑު އަނދައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، ވެލިދޫ ކުނިކޮށީގައި އަލިފާން ރޯވެފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމުންއަލިވެ 02:15 ހާއިރު ކަމަށެވެ.
އަދި ރަށުގެ ރައްޔިތުންނާއި ފުލުހުން ކުރި މަސައްކަތުން ކުނިކޮށީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާންގަނޑު ވަނީ މުޅި ކުނިކޮށްޓަށް ފެތުރިފައެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.