އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާގެ ތެރެއިން

ކޮވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވެ، ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގައި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާ ދަނޑިވަޅެއްގައިވެސް އިދިކޮޅު ކޯލިޝަނުން މުޒާހަރާއަށް ނިކުމެއްޖެއެވެ.

މިއަދު ހަވީރު އިދިކޮޅުން އަންނަނީ "މަގޭ ފްލެޓް ކޮބާ" ނަމުގައި މުޒާހަރާއެއް ކުރަމުންނެވެ. ފްލެޓްތައް ހައްގު ފަރާތްތަށް އަތުން ނިގުޅައިގަނެފައިވާ ކަމަށް ބުނެ އިދިކޮޅުން މުޒާހަރާއަށް ނިކުމެފައިވާއިރު، މި މުޒާހަރާގައި ރައީސް ޔާމީން މިނިވަން ކުރުމަށްވެސް އިދިކޮޅުން އަންނަނީ ގޮވާލަމުންނެވެ.

އިދިކޮޅުން މުޒާހަރާ ކުރަމުންދާއިރު، ރާއްޖޭގައި މިހާރު ފެތުރެމުން މިދަނީ ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ރާޅު ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި ހަވީރު 06:00 އިން ފެށިގެން ހެނދުނު 06:00 ދުއްވާ އެއްޗިސް ދުއްވުން ވަނީ މަނާކޮށްފައެވެ.

މިއަދުން ފެށިގެން މި ފިޔަވަޅުތަކަށް އަމަލުކުރުމަށް ނިންމާފައިވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ހެޔޮ އެދޭކަމަށް ބުނެ އިދިކޮޅުން ބަހަނާ ދެއްކުމަށް ފަހު، އެއްވެސް ގައި ދުރުކަމެއް ނެތި އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ސިޔާސީ މަންފާއަކަށްޓަކައި އިޖްތިމާއީ ގައިދުރުކަމެއް ނެތި މުޒާހަރާ ނުކުރުމަށާއި، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކުރުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެދެމުންނެވެ. ފުލުހުން މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތް ކުރި ނަމަވެސް، އެދެވޭ ކާމިޔާބީ އެއް ލިބިފައެއް ނުވެއެވެ. އެގޮތުން، ފުލުހުންގެ ސަފުތައް ރޫޅާލުމަށްފަހު އިދިކޮޅުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

މި މުޒާހަރާތަކުގައި އިދިކޮޅު ކޯލިޝަނުން ވެކްސިން ޖައްސަވާފައިވާ ދެ ބޭފުޅުންކަމަށްވާ ކުރީގެ ރައީސް ޑރ. ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ބައިވެރިވެފައެއް ނުވެއެވެ. އިދިކޮޅު ކޯލިޝަނުން އަންނަނީ ވެކްސިން ނުޖެހުމަށްވެސް ހިއްވަރު ދެމުންނެވެ. އެގޮތުން، ވެކްސިނަކީ މި ސަރަހައްދުގެ ގިނަ ގައުމްތަކުގެ އިތުބާރު ލިބިފައިވާ ވެކްސިނެއް ނަމަވެސް، ފައިޒާ ވެކްސިން ނޫން ވެކްސިނެއް ނުޖެހުމަށް އިދިކޮޅުން އަންނަނީ ހިއްވަރު ދެމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *