ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް

މިއީ ކޮވިޑް-19 ގެ އެންމެ ނުރައްކާ ރާޅު ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިގޮތަށް ވިދާޅުވެފައިވަނީ، ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ، ގްރޭޓާ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، މިއަދު ކުރެއްވި ޓްވީޓޭއްގައި ޑރ.ނަޒްލާ ވިދާޅުވީ، މިއީ ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ރާޅުކަން ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭކަމަށެވެ. ހޮސްޕިޓަލު ތަކުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެފައިވާ ކަމަށާއި، މިހާރު ބާކީ ހުރީ ވަރަށް މަދު އެނދު ތަކެއް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތު ވަރަށް ނާޒުކު ކަން ފާހަގަކުރައްވަމުން، ޑރ. ނަޒްލާ ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފައެވެ. ވައިރަސް ކޮންޓްރޯލް ކުރުމަށް ވީހާވެސް ގިނަގިނައިން އަތް ދޮވުމަށާއި، މާސްކް އެޅުއްވުމަށް ޑރ. ނަޒްލާ އެދިލެއްވިއެވެ. އަދި، އިޖްތިމާއީ ގައި ދުރުކަން ބެހެއްޓުމަށާއި، ގޭގައި ވީހާވެސް ގިނަ ވަގުތު މަޑު ކުރެއްވުމަށްވެސް ޑރ. ނަޒްލާ އެދިލެއްވިއެވެ.

މީގެއިތުރުންވެސް، ކޮވިޑްގެ އަލާމާތްތައް ފެންނަ ކަމުގައިވާނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރެއްވުމަށް ޑރ. ނަޒްލާ ހަނދާންކޮށްދެއްވިއެވެ.

ކޮވިޑް-19 ގެ ސަބަބުން އިއްޔެއާ ހަމައަށް ހޮސްޕިޓަލު ތަކުގައި 211 މީހަކު ވަނީ އެޑްމިޓްކުރެވިފައެވެ. މިކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ.

ހެލްތް މިނިސްޓްރީން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ގްރޭޓާ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގައި، ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ކަމަށެވެ.

މި ފިޔަވަޅުން އިސްތިސްނާ ވާނީ ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތައް، އެމްބިއުލަންސް، ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތައް ކަމަށެވެ.

އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގަ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ފަރުދީ ޒިންމާ ދޯ!

ކޮމެންޓް

Your email address will not be published.