ޓަރމިނަލް މައްސަލައިގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ނުވާނެކަމަށް އެމް.އޭސީ.އެލް އިން ބުނެފިއެވެ. މިކަން ހާމަ ކުރީ މިރޭ އެމް.އޭސީ.އެލް އިން ކުރި ޓްވީޓެއްގައެވެ. މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްގީކުރި ސީޕްލޭން ޓަރމިނަލް، ޓީ.އެމް.އޭ ދޭން އުޅޭކަމާއި މި މައްސަލައިގައި ވެރިންގެ މެދުގައި ޚިޔާލު ތަފާތުވެ މިކަމާ ގުޅިގެން އިސް ދެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރިކަމަށް މީޑިޔާގައި މިއަދު ހާމަ ކުރީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމައްވާ "މިހާރު" ނޫހުންނެވެ. 

މިގޮތަށް ދެ މުވައްޒަފުން ވަކިކުރެވުނުކަމަށް އެ އިން އެއްވެސް މުވައްޒަފަކު ވެސް އެ ނޫހަށް މައުލޫމާތު ދީފައެއް ނުވެއެވެ. އެނޫހުގެ ލިޔުމަށް ފަހު އެއަށް ރައްދު ދެމުން އެމް.އޭ.ސީ.އެލް އިން ކުރި ޓްވީޓްގައި މިހާރުގެ ލިޔުން ހަރުކަށި އިބާރާތުން ދޮގު ކޮށް އިތުރަށް މި ޓްވީޓްގައި ބުނީ އެ ކުންފުންޏަކީ މުވައްޒަފުން ގެންގުޅުމުގެ ރަގަޅު ރެކޯޑެއް އޮންނަ ކުންފުންޏެއް ކަމަށާއި، އެކަށީގެންވާ ސަބަބެއް ނެތި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަކީ އެ ކުންފުނިން ކުރާނޭ ކަމެއް ނޫން ކަމަށެވެ.

އެމް.އޭ.ސީ.އެލް އިން މިހެން ބުނި ނަމަވެސް ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑާއި ޚިލާފަށް ވަކި ކުރި މުވައްޒަފަކަށް 250،000 އަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ނަގައި ދިނުމަށް ޓްރައިބިއުނަލް އިން 2019 ވަނަ އަހަރު މޭ މަހުގެ ތެރޭގައި އެކުންފުނީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *