މާލޭ މަގުމަތި ފޮޓޯ: ސަން

ގްރޭޓާ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގައި، ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނީ، މި ފިޔަވަޅުން އިސްތިސްނާ ވާނީ ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތައް، އެމްބިއުލަންސް، ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތައް ކަމަށެވެ.

އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި އަދި، މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގަ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގައި ކޮވިޑް19 ފެތުރުމާ ދެކޮޅަށް ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައި -- ޖަޒީރާ ގްރެފިކްސް: އަބޯ

މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ ކޭސްތަކުގެ އަދަދު އިތުރުވާން ފަށާފައި ވަނިކޮށެވެ. ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންދާތާ މަހެއްހާ ދުވަސް ވަނީ ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.