މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް ދޫކޮށްލައިފިއެވެ.
އޭނާ ހައްޔަރުކުރީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް އެ އަތޮޅު ހެނބަދޫ ކޯޓުން ހަތް ދުވަސްވެސް ޖެހިއެވެ.
ފުލުހުން ވިދާޅުވީ ނ. ހެނބަދޫ ކޯޓުން މިއަދު އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ.
ޕްރިންސިޕަލް ހައްޔަރުކުރީ ލޯންޗަކުން މާޅެންދޫއަށް ގެންދިޔަ ކޮތަޅެއްގައި މަސްތުވާތަކެތި ހުރިކަމުގެ ތުހުމަތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫސުފްގެ ނަން ޖަހާފައިވާ އެ ކޮތަޅުގައި ފަސް ގްރާމްގެ މަސްތުވާތަކެތި ހުއްޓެވެ.
ޔޫސުފްއަކީ ފާއިތުވި ތިން އަހަރު މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލްއެވެ.