މިމަހުގެ 31 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފިއެވެ.

އެމްޑީޕީން އާންމުކުރި ލިސްޓުގައިވާ ގޮތުން، އެ ޕާޓީގެ ޕްރައިމަރީގައި 93،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

އެގޮތުން މާލެ ސިޓީން 13،108 މީހަކަށް އެމްޑީޕީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އައްޑޫ ސިޓީން 12،096 މީހަކަށް، ފުވައްމުލައް ސިޓީން 3959 މީހަކަށް އަދި ކުޅުދުއްފުށި ސިޓީން 1238 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މީގެ އިތުރުން އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން 616 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންދެެއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި، އެގޮތުން ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ 22 ޖެނުއަރީ ވާ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ.

ޝަކުވާ ހުށަހަޅާ ފޯމް ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް އިން ލިބެން ހުންނާނެ އެވެ. އެމްޑީޕީން ބުނީ ޝަކުވާ ފޯމު އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *