އައްޑޫ ސިޓީ ހިތަދޫ ގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:30 ގައި ކަމަށެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑު މަގުގައި ދުއްވާފައި ދިޔަ ދެ ސައިކަލް އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ޖެހިގެންނެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ގައި އަނިޔާވެފައިވާ ތިން މީހުންނަކީ ސައިކަލް ދުއްވަން އިން ބަންގްލަދޭޝް ފިރިހެން މީހާ އާއި ސައިކަލް ދުއްވަން އިން ދިވެހި ފިރިހެނެއްގެ އިތުރުން ފަހަތުގައި އިން ދިވެހި އަންހެނަކަށް ކަމަށެވެ.
އެކްސިޑެންޓް ގައި ހިމެނޭ ދެ ސައިކަލްވެސް ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ލައިސެންސް ނެތް ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.