ހުރިހާ އަތޮޅެއް ހިމެނޭގޮތަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން  ކެމްޕެއިން ވޯޯކްޝޮޕެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

"އެޖެންޑާ 19 ރަށަށް"ގެ ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ ކެމްޕޭން އަންނަ ބުރާސްފަތި ދުވަހު ފަށާއިރު، އެ ހަރަކާތްތައް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެމްޑީީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވީ، މުޅި ރާއްޖޭގައި ހިންގަން ނިންމާފައިވާ އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި ބައިވެރިވުމަށް މާލެއިން އެ ޕާޓީގެ ކެމްޕޭން ޓީމެއް ކޮންމެ އަތޮޅަކަށް ދަތުރު ކުރާނެ ކަމަށާއި މި ދަތުރުގެ ތެރެއިން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ޝިފާޒް ވިދާޅުވީ، އެމްޑީޕީން ކުރިއަށް ގެންދާ ވޯކްޝޮޕް އޮންނާނީ ކޮންމެ އަތޮޅަކުންވެސް ކޮންމެވެސް އެއް ރަށެއްގައި ކަމަށާއި، އެ ވޯކްޝޮޕުގެ މަގުސަދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވަކިވަކި ރަށްރަށަށް އެމްޑީޕީން ވާނެ މަޝްރޫއުތަކުގެ ވައުދުތައް ކަނޑައެޅުުން ކަމަށެވެ.

އެ ވޯކްޝޮޕް ކުރިއަށްދާނީ އެ ދުވެހު ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00ގެ ނިޔަލަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *