ޑިިޒައިން އެންޑް ބިލްޑްގެ އުސޫލުން 11 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި 14 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސަރުކާރުން އިއްޔެ ގެޒެޓް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ޑިޒަިން ބިލްޑް އުސޫލުން ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިވާ ރަށް ތަކަކަކީ
- ބ. ކުޑަރިކިލުގައި
- ބ. ދޮންފަނު
- ބ. ކިހާދޫ
- ނ.މިލަދޫ
- ނ.ލަންދޫ
- ނ. މަގޫދޫ
- ށ. ބިލަތްފަހި
- ށ. ނޫމަރާ
- ބ. ފުޅަދޫ
- ބ.ފެހެންދޫ
ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ރަށްތައް
- ކ. ހިންމަފުށި
- އދ. ދިއްދޫ
- އދ. އޮމަދޫ
- ލ. ހިތަދޫ
- ލ. ކުނަހަންދޫ
- މ. ނާލާފުށީ
- މ. ރަތްމަންދޫ
- ތ. ދިޔަމިގި
- ތ. މަޑިފުށި
- ވ. ކެޔޮދޫ
- ވ. ރަކީދޫ
- ގއ.ދެއްވަދޫ
- ގއ.ނިލަންދޫ
- ގދ. ނަޑެއްލާ
- ކ.ތުލުސްދޫ
މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ.
ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އިއުލާނުގައި ބުންޏެވެ.
ބީލަންތަކުގައި ބައިވެރިވެވޭނީ ޕްލޭނިންގ މިނިސްޓްރީގެ "އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ރާއްޖެއިން ބޭރު ކުންފުނިތަކުން "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާން ނުޖެހޭނެ އެވެ.
ކޮންމެ ބީލަމެއްގައި ބައިވެރިވެވެނީ ފަނަރަ ސަތޭކަ ދިވެހި ރުފިޔާ ދައްކައިގެން ކަމަށްވާއިރު ފައިސާ ބަލައިގަންނާނީީ މިމަހުގެ 14 އިން އަންނަ މާޗް މަހުގެ 10 އަކާއި ހަމަޔަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 12:00 އަށް ކަމަށް ހާމަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި މަހުގެ 15 އިން ފެށިގެން ސޮފްޓްކޮޕީ ފޯމެޓު ގައި އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.
ބީލަން ހުޅުވުން އޮންނާނީ މާޗް މަހުގެ 11 ވަނަ ދުވަހު އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގަ އެވެ.