ގދ. ހޯނޑެއްދޫ އިން ގެއްލުނު ޒުވާނާ ފެނިއްޖެއެވެ.
ގެއްލިފައިވަނީ އެރަށު ސަތަވަރީގެ އަލީ ޝަޒުވާން މުހައްމަދު އެވެ.
ޝަޒުވާން ނުވަތަ ރައްޓެހިން ކިޔައި އުޅޭ ގޮތުންނަމަ "ބޮމާ" ގެއްލިފައި ވަނީ އިއްޔެ އިން ފެށިގެން ކަމަށް ހޯނޑެއްދޫ ކައުންސިލުން މައުލޫމާތު ދެއެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ރޭ 01:14 އެހާކަންހާއިރު ފެނިފައިވާ ކަމަށް އެ ޒުވާނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.