ދެކުނުގެ ރަށެއްގައި އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.
ފުލުހުން ވިދާޅުވީ ފަސް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރޭ 23:04 ހާއިރު ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 56 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ބަންދުގެ މުއްދަތު މިއަދު އިތުރު ކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްތްރީ އަށް ހުށަހަޅާފައި ވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ.
މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.