ސަރުކާރުގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދުތައް އިތުރުވަނީ އޭގެ ސަބަބުން ނަތީޖާ ފެންނާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް މަދު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެންމެ ފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަަމުން މަބްރޫކް ވިދާޅުވީ، އެކި ގޮތްގޮތަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދުތައް ދައްކަމުން ދާކަމަށާއި މިހާރު ސިޔާސީ މަގާމުތަކުގައި 607 މީހުން އެބަތިކަމަށެވެ.

މަބްރޫކް ވިދާޅުވީ، ރައީސް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރަށް ކޮމިއުނިޓީ ސެންޓަރތައް ހިންގުމަށް ނެގި މީހުންނާއި ސިއްހީ މަރުކަޒުގެ ހިންގުން ރަނގަޅުކުރަން ނެގި މީހުންނަކީ ސިޔާސީ މަގާމުތަކުގެ ތެރޭގައި ހިމެނޭ މަގާމުތަކެއް ކަމަށެވެ. އޭގެ ނަތީޖާ ކޮވިޑް ތެރޭގައިވެސް އަދި މިހާރުވެސް ފެންނަމުން ދާކަމަށް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.

ބަޖެޓުގައި 900 އާއި ގާތްކުރާ އަދަދަކަށް ފެންނަނީ އެ ސަބަބާއި ހުރެ ކަމަށް މަބްރޫކް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.