އުމުރުން ދެއަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ހުރިހާ މައުލޫމާތެއް ޓެލެގްރާމް ގްރޫޕުން އާއްމު ކޮށްފިއެވެ.
އާއްމުކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި އެމީހުންގެ ނަމާއި، ރަށާއި، އެޑްރެހާއި އުމުރުގެ އިތުރުން އައިޑީކާޑް ނަމްބަރު ވެސް ހިމެނެއެވެ.
އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ކުއްޖާގެ ބައްޕައަކީ 32 އަހަރުގެ އަބްދުލް ސަލާމް އެވެ. އޭނާގެ އެޑްރެހަކީ ރިހިވެލި އެވެ.
ކުއްޖާގެ ކާފަ އަކީ 70 އަހަރުގެ އިބްރާހިމް ދީދީ އެވެ. އޭނާގެ އެޑްރެހަކީ ވެސް ކުއްޖާގެ ބައްޕަގެ އެޑްރެކެވެ.
ކުއްޖާގެ މުނިކާފައަކީ 82 އަހަރުގެ ހަސަން މޫސާ ދީދީއެވެ. އޭނާގެ އެޑްރެހަކީ އަންނާރުމާގެ އެވެ.
ކުއްޖާ ރޭޕް ކުރި މައްސަލައިގައި ކުއްޖާގެ ކާފަ އިބްރާހިމް ދީދީ އާއި މުނިކާފަ ހަސަން މޫސާ ދީނީ ވަނީ މިއަދު ހަވީރު ހައްޔަރު ކޮށްފައެވެ.
ކުއްޖާގެ ބައްޕަ އަބްދުލް ސަލާމް ވެސް މިރޭ ހުޅުމާލެއިން ހައްޔަރުކޮށްގެން ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.