އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި ރަށުގެ އިސް މެޖިސްޓްރޭޓު ހަސަން ދީދީވެސް ހުރީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ސަސްޕެންޑްކޮށްފައިކަން ކަށަވަރުވެއްޖެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުންވެސް ވަނީ އޭނާގެ ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނަކަން ކަށަވަރުކޮށްދެއްވާފައެވެ.

ޖޭއެސްސީން ބުނީ، ހަސަން ދީދީއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައިގެ ތަހުގީގު ވަކިގޮތަކަށް ނިމެންދެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައިވާނެ ކަމަށާއިމ އޭގެތެރޭގައި ޖިންސީ ފުރައްސާރައާއި ގުޅޭ މައްސަލައެއްވެސް ހިމެނޭ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ހަސަން ދީދީއާއި ބެހޭ މައްސަލައެއް ކަޑުހުޅުދޫއިން ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް އޭނާ ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމެންޓުން ބަދަލުން އަންނަ ކަމަށެވެ.

މެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑުކުރަން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ކޯޓުގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ވެސް އެ ފަނޑިޔާރުގެ މައްޗަށް ތުހުމަތު ކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *