ދެއަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އިހުމާލުވި މީހުން ހޯދުމުގެ މަސައްކަތް އެޗްއާރްސީއެމުން ފަށައިފި އެވެ.

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން މިރޭ އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި އެކަން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

"ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ އުމުރުން އެންމެ 1 އަހަރާ 9 މަހުގެ ތުއްތު ކުއްޖަކަށް އެކުއްޖާގެ އާއިލާގެ ބައެއް މެމްބަރުންގެ ފަރާތުން ޖިންސީ ގޯނާކުރި މައްސަލައަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ މައްސަލައެއް. އަދި މި ލާއިންސާނީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި އަމަލު ހިންގި ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން." އެޗްއާރުސީއެމުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނީ އެ މައްސަލައިގައި ފިޔަވަޅު ނާޅައި ތިބޭ ފަރާތްތައް ހޯދުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"މި ލާއިންސާނީ ދަށު ދަރަޖައިގެ، އަނިޔާވެރި އަމަލު ހިންގާކަން އެނގި ތިބެ، އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅައި އިހުމާލުވި ފަރާތްތަކާއި މުއައްސާސަތައް ހޯދުމުގެ ތަހުގީގު މި ކޮމިޝަނުން މިހާރު ވަނީ ފަށާފައި. އަދި ބުނެވިދިޔަ މައްސަލައިގައި މުއައްސާސަތަކުން އަމަލު ކުރަމުންދާ ގޮތް މި ކޮމިޝަނުން ވަރަށް ގާތުން ދަނީ ބަލަމުން." ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ މިރޭ ހުޅުމާލެއިން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވާއިރު، މިއަދުގެ ހަވީރުގެ ވަގުތެއްގައި ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ އެކުއްޖާގެ ކާފަ އާއި މުނިކާފަވެސް ހައްޔަރުކޮށްފައެވެ..

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *