ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖާ ރޭޕްކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެޗްއާރްސީއެމް އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުއްޖާ އަކީ އެއް އަހަރާއި 9 މަހުގެ ކުއްޖެއް ކަމަށެވެ. އެޗްއާރްސީއެމްގެ ބަޔާނުގައިވަނީ އެކުއްޖާ ނިސްބަތްވާ ރަށާއި އަތޮޅުވެސް ހާމަކޮށްފައެވެ. ނަމަވެސް އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ޤާނޫނުގެ 54 މާއްދާގެ ދަށުން ކުށެކެވެ. 

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނީ، އެ ލާއިންސާނީ ޢަމަލު ހިންގި ފަރާތްތަކަށް ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށެވެ.

ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މިއަދު ހަވީރު އެކުއްޖާގެ ކާފަ އާއި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އަދި ދެންމެ ވަނީ ހުޅުމާލެ އިން އެކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.