Covid Testing

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 186 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 17,387 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 162 މީހަކާއި، ރަށްރަށުން 14 މީހަކާއި އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހެކެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4,765 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ. މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދަނީ 211 މީހަކަށެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 2،243 އެވެ. މި ބަލިން މިހާތަނަށް ރާއްޖެއިން ވަނީ 15,081 މީހަކު ރަނގަޅުވެފައެވެ.

ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން ކޮވިޑްގެ ކޭސްތަކުގެ އަދަދު މަތިވަމުން އައިސް ފާއިތުވި ހަފްތާތަކުގައި އައު ކޭސްތަކުގެ އަދަދު 100 ދަށް ނުވެއެވެ.

ކޮވިޑްގެ އަދަދުތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ. އެގޮތުން މިހާރުވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފަތިހު 4:30 އަކަށް ކަރފިއު އިއުލާންކޮށް، ރޭގަނޑު 8:30 އިން ފެށިގެން ވެހިކަލް ދުއްވުން މަނާ ކޮށްފައިވެއެވެ. މި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ދެތިން ހަފްތާ ނަގާނެކަމަށްވެސް އެޗްއީއޯސީއިން ވަނީ ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.