ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކޮވިޑް ވެކްސިން ޖެއްސެވުން -- ފޮޓޯ: ރައީސް އޮފީސް

އިތުރު 5,166 މީހެއްގެ ގަޔަށް ވެކްސިން ޖަހައި، ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދު 25,327 އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނީ ވެކްސިން ޖެހި މީހުންގެ ތެރެއިން 4,257 މީހުންނަށް ވެކްސިން ޖަހާފައިވަނީ ގްރޭޓަރ މާލެ އޭރިއާއިންނެވެ. 909 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރެއިންނެވެ.

ވެކްސިންގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ 62 ސެންޓަރެއްގައެވެ. އެއީ މަލޭގެ 7 ވެކްސިނޭޝަން ސެންޓަރަކާއި އަތޮޅުތެރޭގެ 55 ވެކްސިނޭޝަން ސެންޓަރަކުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުންގެންދަނީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒެވެ. މި ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިންގެ 10,000 ޑޯޒްވެސް ރާއްޖެއަށް ލިބިފައިވެއެވެ.

ވަރަށް އަވަހަށް ސައިނޯފާމްގެ 100،000 ޑޯޒްވެސް ރާއްޖެ ގެނެވޭނެކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ. މި ވެކްސިނަށް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އަދި ހުއްދަ ދީފައެއް ނުވެއެވެ.

އޭގެއިތުުރުން އޮކްސްފޯޑް ވެކްސިންގެ 700،000 ޑޯޒް ސަރުކާރުން ގަނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.