ދެ އަހަރު ނުފުރޭ ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި ކަމަށް ބެލެވޭ އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފިއެވެ.
އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި އޭނާ ފިލައިގެން އުޅުނު ފްލެޓުގައި އޮއްވާ އެތަނުގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެއެވެ.
އެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އަދި މުނި ކާފަ މިއަދު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނެފައިވަނީ، 62 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 15:05 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ވަނަ މީހާ ކަމަށްވާ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެން މިއަދު 15:25 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވަނި ބުނެފައެވެ.