ދެކުނުގެ އަތޮޅުގެ ރަށެއްގައި އުމުރުން ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި އެ ކުއްޖާގެ ބައްޕައަށް އާއްމުން ހަމަލާ ދީފިއެވެ.
އޭނާއަށް އާއްމުން ހަމަލާ ދިނީ ހުޅުމާލޭގައި އޭނާ ފިލައިގެން އުޅެމުން އަންނަ ފްލެޓުން ނެރެގެން ފުލުހުން ބެލުމުގެ ދަށަށް ގެންދަނިކޮށެވެ.
ފުލުހުން އޭނާ ގެންދަނިކޮށް އާއްމުން އަރައިގެނެ އިރުކޮޅެއް ވަންދެންއޭނާ އާއްމުންގެ އަތްދަށަށް ގެންގޮސް އޭނާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވެއެވެ.
މި ހިމަނުޖެހުންތަކުގައި އާއްމުންނާއި ފުލުހުންނަށްވެސް ދަނީ އަނިޔާވަމުންނެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި އެ ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ ވަނީ ހައްޔަރުކޮށްފައެވެ.