އަނަންތާރާ ކިހަވަށް ރިސޯޓު

ބ. އަތޮޅު ރިސޯޓަކަށް ދިޔަ ފަތުރުވެރިއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާ ތަކެއް އޭނާ ދަތުރުކުރި ސީޕްލޭންގެ ކެބިން ކްރޫއެއް އަތުން ފެނުމުން އޭނާ ބަންދުކޮށްފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ، އެ ފައިސާ ފަތުރުވެރިޔާ ދަތުރުކުރި ސީޕްލޭންގެ ކެބިން ކްރޫއެއްގެ އަތުން ފެނުނު މައްސަލަ މިމަހުގެ 9 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލއާއި ގުޅިގެން 21 އަހަރުގެ ދިވެއްސެއް ކޯޓު އަމަުރެއްގެ ދަށުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 5 ދުވަސް ވަނީ ޖަހާފައެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.