ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި ކާފަ އާއި މުނި ކާފަ ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ދެކުނު ރަށެއްގައި ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެރަށު މީހުން ބުނާގޮތުގައި އެ ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވެފައި ވަނީ، އެކުއްޖާގެ ބައްޕައާއި، ކާފަ އާއި މުނި ކާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ކުއްޖާ ރޭޕްކޮށްފައިވާކަން އެނގުނީ ބޮޑުދައިތަ، އެކުއްޖާ ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކުމުންނެވެ.
ރޭޕް ކުރެވުނު ކުއްޖާ މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށުން އާމާން ވެއްޓަކަށް ބަދަލުކޮށްފައެވެ.