ގޯ އެއަރ އިން މިއަދު ވަނީ ދަތުރުތައް ފަށާފައި -- ފޮޓޯ: ޓްވިޓަރ

އިންޑިއާގެ މަޝްހޫރު އެއަރލައިން "ގޯ އެއަރ" އިން ދިވެހިރާއްޖެއާއި އިންޑިއާގެ ހައިދަރްއާބާދާއި ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.

އެ އެއަރލައިން އިން މައުލޫމާތު ދީފައިވާ ގޮތުގައި، ހަފްތާއަކު ހަތަރު ދުވަހު ހައިދަރްއާބާދާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރާނެއެވެ.

ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. ގޯ އެއަރ އިން މިހާރުވެސް އިންޑިއާގެ ތިން ސިޓީއަކަށް ރާއްޖެއިން ދަތުރުތައް ކުރެއެވެ. އެގޮތުން، މުމްބާއީ، ދިއްލީ އަދި ބެންގަލޯރ އާއި މާލެއާ ދެމެދު މިހާރުވެސް ދަތުރުތައް ކުރެއެވެ.

މުމްބާއީ އަށް ދަތުރުކުރަނީ ކޮންމެ ހަފްތާއަކުވެސް ބުދަ، ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ. ދިއްލީއަށް ދަތުރުތައް ކުރަނީ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ. ބެންގަލޯރ އަށް ކޮންމެ ހަފްތާއަކުވެސް ކުރުމަށް ހަމަޖެހިފައިވަނީ ދެ ދަތުރެވެ. އެއީ އާދީއްތަ އަދި ބުދަ ދުވަހުއެވެ.

އިންޑިއާއިން މިހާރުވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ގޯ އެއަރ އިން އަލަށް މި ފަށާ ދަތުރުތަކާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަނެއްކާވެސް އިތުރުވެގެންދާނެއެވެ. ނިމިގެންދިޔަ 2020 ވަނަ އަހަރު ދިވެހިރާއްޖެއަށް އައި ފަތުރުވެރިންގެ 11.3 އިންސައްތަ ހިއްސާކުރީ އިންޑިއާ ފަތުރުވެރިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *