ކުޅުދުއްފުށި ކުނި ޖަމާވެފައިވާ ސަރަހައްދެއް ވެމްކޯއިން ސާފުކޮށްފައި -- ފޮޓޯ: ވެމްކޯ

ރަށްރަށުގައި ހުރި ގިނަ ދުވަސްވެފައިވާ ކުނި ނައްތާލުމުގެ މަސައްކަތް ވެމްކޯއިން ފަށައިފިއެވެ.

ވެމްކޯއިން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި، އެ ކުންފުނިން ކުރިއަށް ގެންދާ "އެކިއުމިލޭޓެޑް ވޭސްޓް ކްލިއަރިންގ ޕްރޮޖެކްޓް" ގެ ދަށުން ރާއްޖޭގެ ބައެއް ރަށްރަށުގައި ހުރި ކުނި ނައްތާލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

ވެމްކޯއިން ވަނީ 1 ރަށާއި 2 ސިޓީއެއްގައި ހުރި ގިނަ ދުވަސްވެފައިވާ ކުނި ސާފު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، ކ. ގުރައިދޫގައި ހުރި ލޭންޑްފިލް ސައިޓް ތަކުން ދުވަސްވީ މެޓަލް ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ވެމްކޯއިން އަންދާޒާ ކުރާ ގޮތުގައި، މި ސަރަހައްދުން 400 ޓަނުގެ ކުނި ނެގޭނެއެވެ.

މީގެއިތުރުންވެސް، ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދާ ކުނި ސާފުކުރުމުގެ ޕްރޮޖެކްޓުގައި އެހީތެރިވުމަށް އިތުރު ޓީމެއް ފުރާފައިވާކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ. ފުވައްމުލަކު ސިޓީއިން 25،000 ޓަނުގެ ދުވަސްވެފައިވާ ކުނި ނެގޭނެކަމަށް ވެމްކޯއިން ލަފާކުރެއެވެ.

ދުވަސްވެފައިވާ ކުނި ސާފުކުރުމުގެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. އެގޮތުން، އެ ސިޓީއިން މިހާރުވެސް 400 ޓަނުގެ ކުނި ސާފުކޮށްފައިވާއިރު، މި މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން އިތުރު ޓީމެއްވެސް މިހާރުވަނީ ފުރާފައެވެ.

ވެމްކޯއިން އަންނަނީ ރާއްޖޭގެ ގިނަ ރަށްރަށުގައި ޖަމާވެފައިވާ ހުރި ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.