އިކޮނޮމިކް މިނިސްޓްރީގެ ނާއިބު އައިމިނަތު މުހައްމަދު ސަލީމް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުކަމަށް ބަދަލުކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އާމިނަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރީ މި ހަފްތާގެ ތެރޭގައި ސަރުކާރުގައި އެދިގެންނެވެ. އެކަން އޭނާ ވަނީ ބައެއް މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.
ފިއިނޭންސް އެންޑް އެކައުންޓިންގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ އައިމިނަތު މީގެ ކުރިން ވަނީ އެމްއެމްއޭގައި ހަތް އަހަރު މެެނޭޖަރެއްގެ ގޮތުގައި މަސައްކަތްވެސް ކުރައްވައިފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޗްޑީސީގެ އެސިސްޓަންޓު ޑިރެކްޓަރުކަންވެސް މީގެ ކުރިން ކުރައްވާފައެވެ.
އައިމިނަތު އިކޮނޮމިކް މިނިސްޓްރީގެ ނާއިބު ކަމަށް އައްޔަނުކުރީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.