ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 210 ކެނޑިޑޭޓެއް ނަން ނެގައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހަމަވެފައިވަނީ މިއަދުގެ މެންދުރުފަހަށެވެ.

ނަން ނެގުމުގެ ފުރުސަތު ހަމަވެފައިވާއިރު، މިހާތަނަށް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން 127 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުން 84 ކެނޑިޑޭޓަކާއެކު ޖުމްލަ 210 ކެނޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފައިވެއެވެ.

އެ އަދަދުތައް އުނިކުރުމުން، ކައުންސިލް އިންތިހާބުގައި ވާދަކުރާނެކަމަށް ބެލެވޭ ޖުމްލަ ކެނޑިޑޭޓުންގެ އަދަދަކީ 4033 އެވެ. ނަމަވެސް މިއަދަދަށް އަދި އިތުރު ބަދަލުތައް އަންނާނެކަމަށް ބެލެވެ އެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލުމުގެ ސަބަބުްނ ކައުންސިލް އިންތިހާބު ކުރިއަށްގެންދަނީ ހާއްސަ ޤާނޫނެއްގެ ދަށުންނެވެ. އަދި އެ ޤާނޫނަށް ވަނީ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާ ބާއްވައި އިސްލާހް ގެނެސްފަ އެވެ.

ގެނެވުނު އިސްލާހާއެކު، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްކޮށްފައިވާ ގިނަ ކަންކަމެއް ވަނީ، ސަރުކަރުުގެ ކުޑަދަށުން ހިންގާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރަށްދީފަ އެވެ. އެގޮތުން އިންތިހާބު ކުރިއަށްގެންދަންޖެހޭނީ އެޗްޕީއޭގެ ގައިޑްލައިންގެ ދަށުންކަމަށް އިސްލާހުގައިވެއެވެ.

އެޗްޕީއިން ތައްޔާރުކޮށް، އާންމުކުރި ގައިޑްލައިންގެ ސަބަބުން އިންތިހާބުގެ މިނިވަންކަމާއި، އިންސާފުވެރިކަމާއި، ހަމަހަމަކަން ވަނީ ގެއްލިފައެވެ. އެގޮތުން ކެމްޕޭން ކުރުމަކީ އިންތިހާބެއްގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާއިރު، ކެމްޕޭންކުމަށް ގައިޑްލައިނުން ވަރަށް ބޮޑަށް ހުރަސް އަޅާފައިވެއެވެ.

ގައިޑްލައިނާއެކު އީސީން ވަނީ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.