ގދ. ތިނަދޫއިން ޑައިވިންގއަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ 43 އަހަރުގެ ދިވެހީ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، ތިނަދޫ އުތުރު ފަރާތުން ކުނިކޮށްޓާއި ދިމާލަށް ފަރު ބޭރަށް ޑައިވިންގއަށް ދިޔަ މީހަކު ނިޔާވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ އެރަށު އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު 14:12 ހާއިރު ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.