މުލަކުގައި މިފްކޯގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މ. މުލަކުގައި މިފްކޯގެ ޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝަނާ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު ހުސައިން މޫސާ އެވެ.
މި މަޝްރޫޢުގެ އަގަކީ 56.13 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫއު އަކީ 300 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މަޝްރޫއުގެ ތެރެއިން 160 މީޓަރު ޝީޓްޕައިލް ޖެހުމާއި، 68.9 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 3200 ސްކެއާ މީޓާ ޕޭވްމެންޓާއި، 27 ބޮލާޑް  ހަރުކުރުން ހިމެނެ އެވެ. އަދި މަޝްރޫއުގެ ދަށުން 11 ހައިބާ ލައިޓް ހަރުކުރުމާއި، ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 8640 މީޓަރު ބަނދަރު ފުންކުރުމުގެ އިތުރުން 22،400 ކިއުބިކް މީޓަރު ބިން ހިއްކުން ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން އިސްނަގައިގެން ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްވެރިންނަށް މަސްކިރޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މިފްކޯއާ ގުޅިގެން ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން މ. މުލަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ވަސީލަތްތައް ބޭނުންވާ ކޯސްޓަލް އަދި ސިވިލް އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކަށް ބޭނުންވާ ކޯސްޓަލް އަދި ސިވިލް އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ.

މި  މަސައްކަތަކީ މުލަކުގައި ޕޯޓް ކީވޯލް ހެދުމަށް ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ މަސް ކިރުމާއި ވިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މަގު ފަހި ކުރުމަށްޓަކައި މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި ބޮޑެތި ބޯޓް ކައިރިކުރެވޭނެ ގޮތަށް އެއްގަމުތޮށި ޑިޒައިންކޮށް ކޮންސްޓްރަކްޓް ކުރުމަށް ހިންގާ މަޝްރޫއުއެކެވެ.

ހަރަދުކުރަން ހަމަޖެހިފައިވަނީ ހަތަރު އަހަރަށް ބަހައިލައިގެން ޑިފާޑް ޕޭމަންޓުން އުސޫލުން ސަރުކާރުގެ ބަޖެޓުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.