ރ އަތޮޅު ރިސޯޓަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ، ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި އެމީހާ ހައްޔަރުކޮށްފައިވަނީ ރ. މީދޫން އެ އަތޮޅު ރިސޯޓަކަށް ދަތުރުކުރާ ސަޕްލައި ދޯންޏަކުން އެ ރިސޯޓަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މި ޖަނަވަރީމަހުގެ 11 ވަނަ ދުވަހުގެ 07:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންނުގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައި ވެއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ރ. މީދޫ ޕޮލިސް ސްޓޭޝަންއިންނެވެ.

އެރިސޯޓު ބަނދަރު ސަރަހައްދުން އެމީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. ފައިނު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މި މައްސަލަ ރ. މީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *