ހިމަބިހިން ރައްކާތެރިވުމަށް އެމް.އާރް ވެކްސިން ނުޖަހާ އެއްވެސް ކުޑަކުއްޖަކު ހުރެއްޖެނަމަ ވީ އެންމެ އަވަހަކަށް އެ ވެކްސިން ކުއްޖާއަށް ދިނުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ހެލްތް މިނިސްޓްރީން އެމްއާރް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައި މިވަނީ ދޮޅުއަހަަރަށް ފަހު ރާއްޖެއިން ހިމަބިހި ފެނުމާއި އެކުގައެވެ.
އެ މިނިސްޓްރީންވަނީ ހިމަބިހި ރާއްޖޭގައި ފެތުރެމުން އަންނަކަން ރަސްމީކޮށް އިއުލާންވެސް ކޮށްފައެވެ.
ހެލްތު މިނިސްޓްރީން މިއަދު އާއްމުންނަށް ފޮނުވާފައިވާ އެސްއެމްއެސް އެއްގައި ބުނެފައިވަނީ 9 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންގެ ތެރެއިން އެމްއާރް ވެކްސިން ނުޖަހާ ކުދިން އެ ވެކްސިން ޖެހުމަށް އިލްތިމާސްކުރާ ކަމަށެވެ.